ވަޒީފާއާއި ބެހޭ ޓްރައިބިއުނަލް އިން މިދިޔް އަހަރު 273 މައްސަލަ ނިންމާފައިވާކަމަށް އޮޑިޓަރ ޖެނެރަލް އޮފީހުން ނެރެފައިވާ މިދިޔަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.
އެ ޓްރައިބިއުނަލްގެ އޮޑިޓް ރިޕޯޓުގައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު 277 މައްސަލަ ޓްރައިބިއުނަލް ހުށަހަޅާފައިވެއެވެ. އޭގެ ކުރީއަހަރު 200 މައްސަލަ ހުށަހެޅިއިރު މިއީ 38.5 އިންސައްތަ ކުރިއެރުމެކެވެ.
ޓްރައިބިއުނަލަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން މިދިޔަ އަހަރު 273 މައްސަލަ ބަލާ ވަނީ ގޮތެއް ނިންމާފައެވެ. އޮޑިޓް ރިޕޯޓުތަކުން އެނގޭ ގޮތުގައި، 2023 ވަނަ އަހަރު 280 މައްސަލަ ނިންމިއެވެ. މިއީ 2.5 އިންސައްތައިގެ ދަށް ވުމެކެވެ.
ފާއިތުވީ އަހަރުތަކުގައި ހުށެހަޅާފައިވާ މައްސަލަތަކުގެ ތެރެއިން މިދިޔަ އަހަރުގެ ނިޔަލަށް ގޮތެއް ނުނިންމި 244 މައްސަލަ އޮތް ކަމަށް އޯޑިޓް ރިޕޯޓުން ދައްކައެވެ. މީގެ ތެރޭގައި 2023 ވަނަ އަހަރު ހުށަހެޅުނު މައްސަލަތައް ވެސް ހިމެނޭކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.



