ބ. އަތޮޅުގައި ހިންގަމުން އަންނަ ރިސޯޓެއްގައި ދިވެހި ޒުވާނަކު މަރުވެފައި އޮއްވައި ފެނުނު މައްސަލައަކާ ގުޅިގެން އޭނާގެ ހަށިގަނޑުގެ އޯޓޮޕްސީ ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ރިސޯޓެއްގައި އުމުރުން 21 އަހަރުގެ ފިރިހެނަކު މަރުވި މައްސަލައެއް ރިޕޯޓުކުރީ މިމަހުގެ 23 ވަނަ ދުވަހު ކަމަށެވެ.
އެކަމަކު އެއީ ކޮން ރިސޯޓެއްގައި ހިނގި ހާދިސާއެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މީގެއިތުރުން ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލާގައި އިތުރަށް ބަލަން ޖެހޭ ކަންކަން ބަލައި، އޭނާ މަރުވި ސަބަބު ދެނެގަތުމަށްޓަކައި އޯޓޮޕްސީ ހެދުމަށް ތަހުގީގު ޓީމުން ވަނީ ނިންމައިފަ އެވެ.
އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ބުނެ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.




