މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނެރެފައިވާ ހުދު ސަމާލު ދަންމާލައިފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ހުދު ސަމާލު ދަންމާލާފައިވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށެވެ.
އެގޮތުން ހުދު ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 4:00 އިން މިރޭ 9:00 އާ ހަމައަށެވެ.
މެޓް އޮފީހުން ބުނި ގޮތުގައި މި ސަރަހައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުމުގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ލަފާކުރެވެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މިއަދު ެހެނދުނުން ފެށިގެން ހަވީރު ވަންދެންވެސް ހުދު ސަމާލު ނެރެފައެވެ.




