އިސްރާއިލުން ޣައްޒާ އާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކުށްވެރިކޮށް މޮރޮކޯގެ ފެޒް ސިޓީގައި މުޒާހަރާ ކޮށްފިއެވެ.
ހޮނިހިރު ދުވަހު ކުރި މި މުޒާހަރާގައި ބައިވެރިވި ފަރާތްތަކުން ވަނީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް ގޮވާލާފައެވެ.
އަދި ޣައްޒާގެ ބަނޑުހައިހޫނުކަން ނިމުމަކަށް ގެނައުމަށް މަސައްކަތްކުރަމުންދާ އެހީގެ ބޯޓުފަހަރުގައި ތިބި ފަރާތްތަކަށް ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދިނުމަށް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.
މޮރޮކޯއިން އިސްރާއީލު ބަލައިގަތީ 2020 ވަނަ އަހަރުގެ ފަހުކޮޅު، އެ އަހަރުން ފެށިގެން އެމެރިކާގެ ސްޓްރެޓެޖީއެއް ކަމަށްވާ އަބްރަހަމް އެކޯޑްސްގައި ސޮއިކުރުމުން، ޔޫއޭއީ، ބަހްރެއިން އަދި ސޫދާނުން ވެސް އިސްރާއީލާ އެކު އެކި ލުއިތަކުގެ ބަދަލުގައި ގުޅުންތައް އާންމު ކުރަން ފެށުމުންނެވެ.
މި މުޒާހަރާއަކީ އިސްރާއީލާ ދެކޮޅަށް މޮރޮކޯގައި ފަހަކަށް އައިސް ބޭއްވުނު ހަމައެކަނި މުޒާހަރާއެއް ނޫނެވެ.
މީގެ ދުވަސްކޮޅެއް ކުރިން އިސްރާއީލުގައި ހިފަހައްޓާފައި ތިބި އަސީރުން މިނިވަން ކުރުމަށް ގޮވާލައި ބޭއްވި މުޒާހަރާގައި 500,000 އަށްވުރެ ގިނަ ރައްޔިތުން ބައިވެރިވެފައިވެއެވެ.



