ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ ރަށު މާރުކޭޓުން ފަސް ގޮޅި ކުއްޔަށް ދޫކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހުޅުވާލައިފިއެވެ.
އެޗްޑީސީން ކުރި އިއުލާނުގައި ބުނީ، ހުޅުމާލޭ ފެރީ ޓާމިނަލް ކައިރީގައި ހުންނަ ރަށު މާރުކޭޓުގެ ގޮޅިތަކުގެ ކުލީގެ އަގަކީ މަހަކު 3،500 ރުފިޔާ ކަމަށެވެ.
މި ގޮޅިތައް ކުއްޔަށް ދޫކުރެވޭނީ ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތަކުންނެވެ.
އެޗްޑީސީން ބުނީ، ފޯމުތައް ބަލައިގަންނާނީ މާދަމާ ހެނދުނު 8:30 އިން ފެށިގެން މި މަަހުގެ 23 ވަނަ ދުވަހުގެ މެންދުރުފަހު 3:30 ގެ ނިޔަލަށް ކަމަށެވެ.
އެޗްޑީސީއިން ބުނިގޮތުގައި، ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ގުރުނެގުން އޮންނާނީ މި މަހުގެ 16ވަނަ ދުވަހު ހެނދުނު 10 ޖަހާއިރުއެވެ.




