އިންފެކްޝަނަކަށް ފަރުވާ ހޯއްދެވުމަށްފަހު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.
މައުމޫންގެ އޮފީހުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު ބަޔާނުގައި ބުނީ ބައްޔަށް ފަރުވާ ހޯއްދެއްވުމަށްޓަކައި ކުރީގެ ފަސްޓްލޭޑީ މިދިޔަ ހަފުތާ އިން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައިވާ ކަމަށެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް މައުމޫން ވިދާޅުވީ ނަސްރީނާގެ ހާލު ރަނގަޅުވުމާ ގުޅިގެން މިހާރު ގެއަށް ބަދަލުކުރެވިފައިވާ ކަމަށެވެ.
އެ މަނިކުފާނުގެ އޮފީހުން ވަނީ ނަސްރީނާ އަށް ފަރުވާ ދިނުމުގައި ދަރުމަވަންތަ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންގެ ފަރާތުން ލިބެމުންދިޔަ އޯގާތެރިކަމާއި އަޅައިލުމަށް ޝުކުރު އަދާކޮށްފައެވެ.



