މާލޭ ގެއެއްގައި މިއަދު މީހަކު މަރުވެފައި އޮއްވާ ފެނިގެން، ފުލުހުން އެ މަރުގެ މައްސަލަ ބަލަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލައިގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 7:22 ހާއިރެވެ.
މާފަންނު ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނުނު މައްސަލާގައި ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭ ކަމެއް މިހާތަނަށް ފާހަގަވެފައި ނުވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅޭގޮތުން އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރައްވަމުންނެވެ.




