ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތ. ވިލުފުށީގައި އާ ބްރާންޗެއްގެ ބިންގާ އަޅައި މުޅި އަތޮޅަށް ދެމުން އަންނަ އެ ބޭންކުގެ ހިދުމަތްތައް ފުޅާކޮށްފިއެވެ.
ވިލުފުށީގައި މިއަދު ހެނދުނު ބޭއްވި، އެ ހިދުމަތް ފުޅާކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ބައެއް މިނިސްޓަރުން، ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބް އާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފްގެ އިތުރުން އެ ބޭންކުގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
މި ރަސްމިއްޔާތުގައި ބޭންކުން ހިންގާ ”މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް“ މަޝްރޫއުގެ ދަށުން ވަނީ ވިލުފުށީގައި ސެލްފް ސާވިސް ބޭންކިންގެ އޭޓީއެމްގެ ހިދުމަތް ވެސް ފަށާފައެވެ.
މުޅި ރާއްޖެއަށް ބީއެމްއެލްގެ ހިދުމަތްތައް ފުޅާކޮށް، ބޭންކުގެ ހިދުމަތްތަކަށް ފަސޭހައިން ވާސިލުވެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ވިލުފުށީގައި އާ ބްރާންޗެއްގެ ބިންގާ އެޅުމަކީ އަޅުގަނޑުމެނަށް ލިބޭ އުފަލެއް،“ ޝަރީފް ވިދާޅުވި އެވެ.




