ވިލިމާލެއާ ދިމާލު ބޭރުގައި އޮތް އިންޑިއާގެ ކާގޯ ބޯޓު ”އެމްއެސްވީ ޑައުލާ“އިން ކަނޑަށް ވެއްޓި ގެއްލިފައިވާ އިންޑިއާ މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފިއެވެ.
މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ 11:35 ހާއިރެވެ.
ކަނޑަށް ވެއްޓުނު މީހާ ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން އަދިވެސް ކުރަމުންދާ ކަމުގައި އެމްއެންޑީއެފް އިން މިއަދުވެސް ބުނެފައިވެއެވެ.
ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން އެމީހާ އަދިވެސް ފެނިފައި ނުވާ ކަމުގައި ވެސް ބުނެފައިވެއެވެ.




