މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ މާރާލި މޫސާ އިބްރާހީމް މަރާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މުހައްމަދު އިބްރާހިމްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
,މިއަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހު ހިނގި އެ މާރާމާރީގައިމަރުވި މޫސާ، 29، ނަލަހިޔާ/މާވަށް، ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ވަނީ މަރުވެފައެވެ.
މޫސަ އާއި މުޙައްމަދު އަކީވެސް ކުށުގެ ވެށީގައި އުޅޭ ދެ ޒުވާނުން ކަމަށް އެ ރަށު އެހެން މީހަކު ބުންޏެވެ.
އެގޮތުން މުހައްމަދު އިބްރާހިމް މާވަށުގައި ދިރިއުޅެން ފެށީ އެ ރަށު މީހަކާ ކައިވެނިކޮށްގެންނެވެ.
މިހާރު ވަރިވެފައި ތިބި ނަމަވެސް އޭނާ ދޭތެރެއަކުން މާވަށަށް ގޮސްއުޅެއެވެ.
މޫސާ އިބްރާހީމާއި މުހައްމަދު އިބްރާހީމާ ދެމެދު ޖެހިގެން އުޅެނީ މަސްތުވާތަކެތީގެ މައްސަލައެއް ކަމަށް އެ ރަށު ތެރޭގައި ވާހަކަ ފެތުރިފައިވެއެވެ




