ތ. ގުރައިދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގުރައިދޫއަށް ވަޑައިގަތުމުން އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެގޮތުން އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ.
އަދި އަރިހުގައި ގުރައިދޫ ދާއިރާގެ މަޖިލިސް މެމްބަރު ހަނާން މުހައްމަދު ރަޝީދު އާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޡީމް އަދި ގުރައިދޫ ކައުންސިލްގެ ރައީސް، ތަޢުފީޤް އަލީ ވެސް ބައިވެރިވެވަޑައިގަތެވެ.




