ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މިއަދު މޫސުން ގޯސްވާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.
މެޓުން ބުނީ، އުތުރުގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
މެޓުން ބުނިގޮތުގައި މެދު ރާއްޖެތެރެއާއި ދެކުނުގެ އެކި ހިސާބަށް ކެރީގެ އަސަރު ފޯރާ އަދި ގުގުރުން އެކަށީގެންވެއެވެ.
މެޓުން ބުނީ، ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ލަފާ ކުރެއެވެ.
މެޓުން އިތުރަށް ބުނީ، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.
އަދި ރާޅުގެ އުސްމިނުގައި 3-6 ފޫޓް ހުންނާނެކަމަށް މެޓުން ލަފާކޮށްފައިވެއެވެ.




