އއ. މަތިވެރިއާއި ދ. ރިނބުދޫގައި މިސްކިތް ބިނާކުރަން ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފިއެވެ.
އއ. މަތިވެރީގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ޢިމާރާތްކުރުމަށް ހަވާލުކުރީ، ކޭ އެންޑް އެފް ހޯލްޑިންގއާއެވެ.
މި މިސްކިތުގެ މަސައްކަތް ނިމޭއިރު ނަމާދު ކުރާ ބައެއްގެ އިތުރުން ލައިބްރަރީއަކާއި ކުލާސްރޫމް ހުންނާނެއެވެ.
ދ. ރިނބުދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ޢިމާރާތް ކުރުމަށް ހަވާލުކޮށްފައި ވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
އެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު އިސްލާމިކް މިނިސްޓްރީގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި އަފާމީ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޙަސަން ޙަބީބުއެވެ.
ދަޢުލަތުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ޢިމާރާތްކުރާ މި މިސްކިތުގައި ނަމާދު ކުރާ ބައިގެ އިތުރުން ލައިބްރަރީއަކާއި ކްލާސްރޫމް ހިމެނިފައިވާ ހުންނާނެއެވެ. އަދި މީގެ އިތުރުން މިސްކިތް ނިމޭއިރު އޭސީ ހަރުކުރެވި ސޯލާ ނިޒާމު ޤާއިމް ކުރެވިފައި ހުންނާނެއެވެ.
ރާއްޖޭގެ ރަށްތަކުގައި އަލަށް ޢިމާރާތް ކުރާ މިސްކިތްތަކަކީ ޒަމާނީ ޑިޒައިންތަކަށް ޢިމާރާތް ކުރާ ހިތްގައިމު މިސްކިތްތަކެެވެ.



