އދ. އަތޮޅު ހޮސްޕިޓަލްގައި ޑަޔަލިސިސް ޚިދުމަތް ފަށައިފިއެވެ.
އެ ހިދުމަތް އދ. އަތޮޅު ހޮސްޕިޓަލްގައި ފައްޓަވައިދެއްވީ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެވެ.
ރައީސް މުޢިއްޒު އދ. އަތޮޅު ހޮސްޕިޓަލްގައި އެ ޚިދުމަތް ފައްޓަވައިދެއްވީ އދ. އަތޮޅަށް އެ މަނިކުފާނު މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި މިއަދު ހަވީރު އދ. މަހިބަދޫއަށް ވަޑައިގަތުމުން އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ މަނިކުފާނު ވަނީ އެ ޔުނިޓް ހުޅުއްވާދެއްވާ އެ ޔުނިޓް ބައްލަވާލައްވާފައެވެ.
އަދި އެތަނުގެ މުވައްޒަފުންނާވެސް ބައްދަލުކުރެއްވިއެވެ.
ޑައިލިސިސްގެ ޚިދުމަތަކަކީ ކިޑްނީ ބަލި ތަހައްމަލް ކުރަމުންދާ މީހުންގެ ތެރެއިން ކިޑްނީގެ ފަންކްޝަން ވަކިވަރަކަށްވުރެ ދަށްވުމުން ކޮންމެ ހަފްތާއަކުވެސް 2 ނުވަތަ 3 ދުވަހު މެޝީންގެ އެހީގައި ހޯދާ ޚިދުމަތެކެވެ. ޑައިލިސިސް ހެދުމަށް ކޮންމެ ދުވަހަކު 4 ގަޑިއިރު ހޭދަވެއެވެ.
އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުން ޑައިލިސިސް ޚިދުމަތް ހޯދުމަށް މާލެއަށް އަންނަން ޖެހޭ ޖެހުމަކީ ދަތިކަމަކަށްވެފައި، ޑައިލިސިސްގެ ފަރުވާ ބޭނުންވާ މީހުން ގިނަ ހިސާބުތައް ބެލުމަށްފަހު، އެ ތަންތަނުގައި އެ ޚިދުމަތް މި އަހަރު ފެށުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.



