ހއ. އިހަވަންދޫ މަގުހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް އެ މަސައްކަތް ކުރަމުންގެންދާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.
އާރްޑީސީން ބުނީ އިހަވަންދޫގައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަމުންދާ މަގުތަކުގައި މިވަގުތު ކުރިއަށްދަނީ ޒަމާނީ ހިނގުމުގައި ސްޓޯރމް ވޯޓަރ ނެޓްވޯކް އެޅުމުގެ މަސައްކަތް ކަމަށެވެ.
މީގެ އިތުރުން ބެކް ފިލިންގގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއި ކުރެވުނީ 2 އޭޕްރިލް 2023 ގައެވެ. މި މަޝްރޫޢު އާރްޑީސީއާ ހަވާލުކޮށްފައި ވަނީ 102,846,733.89 ރުފިޔާއަށެވެ.
އާރްޑީސީން މި މަސައްކަތް ކުރިއަށް ގެންދަނީ ސީއެސްއާރު މަސައްކަތްތަކުގެ ދަށުންނެވެ.
މީގެއިތުރުން އެ ކޯޕަރޭޝަނުން ވަނީ ސީއެސްއާރުގެ ދަށުން މާލެގެ އިތުރުން ރަށްރަށުގައިވެސް އެކި މަސައްކަތް ކޮށްފައެވެ.




