މާލީ ބަޔާން ހުށަނާޅާ މެންބަރުންގެ މުސާރައިިން އުނިކުރާގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
މި އިސްލާހު ހުށަހަޅަން މަޖިލީހަށް ފޮނުއްވީ ގަލޮޅު އުތުރު ދާއިރާގެ އެެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް އެވެ.
އެ ބިލުގައި ބުނެފައިވާގޮތުގައި އެ ބިލު ހުށަހަޅާ މަގުސަދަކީ ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކު، އަހަރަކު އެއްފަހަރު އެ މެންބަރެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް، ތައްޔާރުކުރާ ބަޔާނެއް އޮޑިޓާ ޖެެނެރަލަށް ހުށަހަޅަން ލާޒިމުކޮށްފައިވީ ނަމަވެސް، ބަޔާން ހުށަހަޅާނެ ވަކި މުއްދަތެއް، ކަނޑައަޅާފައިނުވާތީ އާއި ވަޒީރުންގެ ދައުރު ފެށުމާއެކު ވަކި މުއްދަތެއްގެ ތެރޭގައި ބަޔާން ހާމަކުރުން ލާޒިމުކަމަށް ކަނޑައަޅާފައި ނުވާތީ ކަމަށެވެ.
އަދި ވަޒީރުންގެ މަގާމުގެ ދައުރު ފަށާއިރު އެ މީހުންގެ މިލްކިއްޔާތުގައި ހުރީ ކޮން އެއްޗެއްކަމާއި އެމީހުންގެ މަސްލަހަތު އޮންނަ ވިޔަފާރިތަަކަކީ ކޮބައިކަން ހާމަކުރުން ލާޒިމުކުރުންކަމަށް ބިލުގައި ވަނީ ބުނެފައެވެ.
މިގޮތުން އެ ބިލުގައި ހުށަހަޅާފައިވާ ބައެއް އިސްލާހުތަކުގެ ތެރޭގައި ވަޒީރުންގެ މުދަލާއި ފައިސާގެ ބަޔާން ރައްޔިތުންގެ މަޖިލިހާއި، އޮޑިޓާ ޖެނެރަލަށް ހުށަހަޅަންޖެހޭގޮތަށް ބަދަލުކުރަން ހިމެނެއެވެ.
މީގެ އިތުރުން މާލީ ބަޔާން ހުށަޅަންޖެހޭ މުއްދަތު ވަނީ ހިމަނާފައެވެ.




