އދ. ދަނގެތީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ މިއަދު ހަވާލުކޮށްފިއެވެ.
އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ރައީސުލްޖުމްހޫރިއްޔާ އދ. އަތޮޅަށް މިހާރުކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ހައުސިން އެންޑް ކޮންސްޓްރަކްޝަން ޑރ.ޢަބްދުﷲ މުއްޠަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައުދީއެވެ.
ދަނގެތީ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން 27.32 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއ،ި 576 މީޓަރުގެ ވަގުތީ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއ،ި 718 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.
އަދި މި މަޝްރޫޢުގެ ދަށުން 500 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮއްޓެއްލުމާއ،ި 240 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ.
މީގެ އިތުރުން މި މަޝްރޫޢުގެދަށުން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ދަށުން 66,500 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއ،ި 492 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއ،ި 385 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ.
ދަނގެތީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 279.92 މިލިޔަން ރުފިޔާއަށް 570 ދުވަސްތެރޭ ނިންމާގޮތަށެވެ.
1160 މީހުންގެ އާބާދީއެއް އޮންނަ ދަނގެއްޗަކީ ފަތުރުވެރިކަމަށް މަޝްހޫރު ރަށެކެވެ. ދަނގެތީގެ ހިއްކާ ބިމުން ދިރިއުޅުމަށާއި ގެސްޓް ހައުސް ވިޔަފާރިއަށް ގޯތި ދޫކުރެވޭނެއެވެ. އަދި މިއަދު ސޮއިކުރެވުނު މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު ދަނގެތީގެ ގޮނޑުދޮށް ހިމާޔަތްކުރެވޭނެއެވެ.




