އދ. ދިގުރަށު ހެލްތު ސެންޓަރުގެ އެކްސްޓެންޝަން އިމާރާތް ހުޅުވައިދެއްވައިފިއެވެ.
ދިގުރަށު ހެލްތު ސެންޓަރުގެ އެކްސްޓެންޝަން އިމާރާތް ހުޅުވައިދެއްވާފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު އދ. އަތޮޅަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި ދިގު ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
ދިގުރަށު ހެލްތު ސެންޓަރުގެ އެކްސްޓެންޝަން އިމާރާތް ހުޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުއެވެ.
ދިގުރަށު ހެލްތު ސެންޓަރުގެ އެކްސްޓެންޝަން އިމާރާތުގައި މުހިންމު ގިނަ ޚިދުމަތްތަކެއް ވަނީ ޤާއިމުކޮށްފައެވެ. އޭގެ ތެރޭގައި އާއްމު ސިއްޙަތާ ގުޅޭ ޚިދުމަތްތައް ދޭ ޔުނިޓާއި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އެހީތެރިވެދޭ ކްލިނިކް އަދި ގައިންގަޔަށް ނާރާ ބަލިތަކުގެ ކްލިނިކް ހިމެނެއެވެ.
މީގެއިތުރުން މާބަނޑު މީހުންނަށް ބޭނުންވާ ސިއްޙީ ފަރުވާދޭ ކްލިނިކާއި ކުޑަކުދިންގެ ސިއްޙަތުގެ ކްލިނިކް ވަނީ ޤާއިމުކޮށްފައެވެ
އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެކްސްޓެންޝަން އިމާރާތުގައި ޤާއިމުކޮށްފަވާ ޚިދުމަތްތައް ބައްލަވާލައްވާފައެވެ.



