މާލޭގައި ރޭ މާރާމާރީ ހިންގި ދެ ބިދޭސީން ޑީޕޯޓުކޮށްލަން ނިންމައިފިއެވެ.
ފުލުހުން ބުނީ، ރޭ މާލޭގައި މާރާމާރީ ހިންގި ދެ ބިދޭސީން ވަނީ ޑީޕޯޓް ކުރަން މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކުރެވިފައި ކަމަށެވެ.
އަސުރުމާ ގޯޅީގައި ރޭ ހިނގި މި މާރާމާރީގައި އެކެއްގެ ބޯ ފެޅި އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަނިޔާވި އެ ބިދޭސީ މީހާއަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ.
މި މައްސަލައާ ގުޅިގެން އެ ދެ މީހުން ވަނީ ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.



