ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު ހދ.ހަނިމާދޫ އިން ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހދ. ހަނިމާދޫ، ޑޯން ޝައިން/ އަހުމަދު އަޒުމީ (40އ)އެވެ.
ފުލުހުން މިރޭ ބުނީ ފުޅާ އޭނާ ހައްޔަރުކޮށްފައި ވަނީ ހދ. ހަނިމާދޫގައި މި މަހުގެ 15 ވަަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރު އޭނާ ހުރިތަނުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 6 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 8.2 ގުރާމް ހުރިކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ އަހުމަދު އަޒުމީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދުގެ މުއްދަތު 5 ދުވަހަށް އިތުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



