އައްޑޫ ސިޓީ، ހުޅުދޫގެ ފިހާރައަކަށް ވަދެ، 2 ކިރުދަޅު ވަގަށް ނެގި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.
ފުލުހުން ބުނީ ހުޅުދޫގައި ހުންނަ ފިހާރާއެއްގެ ދޮރު މަތާލައިގެން ވަދެ ވައްކަންކޮށްފައިވާ މައްސަލަ މިއަދު ހެނދުނު 07:17 ހާއިރު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ ފިހާރައިން ވަގަށް ނެގީ 1800 ގްރާމްގެ ދެ ކިރުދަޅާއި ޗޮކުލެޓަކާއި 150 ވަކިލާރި ކަމަށެވެ.
މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ސޯޝަލް މީޑިއާގައި އެ ހާދިސާގެ ސީސީޓީވީ ފުޓޭޖު މިހާރު ވަނީ އާންމުވެފައެވެ.
އެ ފުޓޭޖުން ފެންނަ ގޮތުގައި އެ ފިހާރައިން ވައްކަން ކޮށްފައި ވަނީ ރޭ މެންދަމު 02:49 ހާއިރު އެވެ.




