ސައިކަލަކަށް ގެއްލުންވެފައިވާ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.
ފުލުހުންގެ ވެބްސައިޓުގައި ވަނީ އެ ހާދިސާގެ ސިސީޓީވީ ފުޓޭޖު އާންމުކޮށްފައެވެ.
ފުލުހުން ބުނީ އެ ވީޑިއޯ އިން ފެންނަ މީހާއަކީ މާފަންނު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، ސައިކަލަކަށް ގެއްލުން ވެފައިވާ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވާ މީހެއް ކަމަށެވެ.
ނަމަވެސް އެ މީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެހެންކަމުން ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މަޢުލޫމާތެއް މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322112 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.



