މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ ބެލުމުގެ ދަށުގައި ހުރި 3 މިލިއަން ސިނގިރޭޓް ސްޓިކްސް ނައްތާލައިފިއެވެ.
ކަސްޓަމްސް އިން ބުނީ އެ ތަކެތި ނައްތާލާފައިވަނީ މިއަދު މެންދުރު ކ. ދޫނިދޫގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައި ކަމަށެވެ.
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 3,183,040 ސިނގިރޭޓް ސްޓިކްސް / 199 ކޭސް ސިނގިރޭޓް ނައްތާލާފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފައި ވެއެވެ.
މިއީ ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެ ކުރަން އުޅެނިކޮށް ބަލައިފާސްކޮށް އެ އިދާރާގެ ބެލުމުގެ ދަށައް ގެނެސްފައިވާ ސިނގިރޭޓް ސްޓިކްސްއެވެ.


