ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން (މެޓް) އިން ވައިޓް އެލާޓް ނެރެފިއެވެ.
މެޓުން އެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފައިވަނީ މިރޭގެ 21:30އިން މިރޭ ފެށިގެން ދަންވަރު 3:30 ހަމައަށެވެ.
އެ ސަމާލުގައި ބުނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ.
މިހާރު ރާއްޖެއަށް ކުރަމުން އަންނަ މޫސުމީ ވިއްސާރައިގައި އަންނަ ހަފްތާއާ ހަމައަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ ކެރީގެ އަސަރު ކުރާނެ ކަމަށާއި އަދި ބޯކޮށް ވާރޭވެހި ގުގުރުން ވެސް އެކަށީގެންވާ ކަމަށް މެޓުން ހާމަކުރެއެވެ.




