ހދ. ކުމުންދޫގެ ދަނޑުތަކަށް ރޭގެ ވަގުތެއްގައި ބޮޑެތި ގެއްލުންތަކެއްދީ ވަރަށް ބޮޑަށް ހަލާކުކޮށްލައިފިއެވެ.
މިކަމާ ގުޅޭގޮތުން ބައެއް ނޫސްތަކަށް މަައުލޫމާތު ދެއްވަމުން ކުމުންދޫ ކައުންސިލުގެ ނައިބް ރައީސް އަލީ އަންވަރު ވިދާޅުވީ ރަށުގެ ތިން ދަނޑަކަށް ގެއްލުންދީފައިވާ ކަން އެނގުނީ ފަތިސް ނަމާދަށްފަހު ދަނޑުވެރިން ދަނޑަށް ދިއުމުން ކަމަށެވެ.
އެ ތިން ދަނޑަކީވެސް ކަރާއާއި، ކިއުކަމްބާ، އަދި ބައްޓާއި މެލަން ފަދަ އެކިއެކި ތަރުކާރީއާއި މޭވާގެ ބާވަތްތައް ހައްދާ ދަނޑުތަކެއް ކަމަށާއި އެންމެ ބޮޑަށް ގެއްލުންދީފައިވަނީ ކަރާ ދަނޑަށް ކަމުގައި ވެސް އަންވަރު ވިދާޅުވިއެވެ.
”ކަރާތައް ފަޅާ ޗިސްކޮށް މުޅި ދަނޑަށް އުކާފަވަނީ. ބައެއް ދަނޑުތަކުން ދެ ބަރޯގެ ކަރާ އުކާލަން ޖެހުނު. އެވަރަށް ގެއްލުން ދީފައި ވަނީ“ އަންވަރު ވިދާޅުވިއެވެ.
އަންވަރު ވިދާޅުވި ގޮތުގައި ދަނޑަށް ފެންދޭން ބަހައްޓާފައި ހުރި އެއްޗެއްސާއި ބޭސްތަކަށް ވެސް ވަނީ ގެއްލުންދީފައެވެ.
މި މައްސަލަ މިހާރު ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފައެވެ.



