ރާއްޖޭގެ އެކިކަންކޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި 14 ރަށަކަށް ގެއްލުންވެގެން ނޭޝަނަލް ޑިޒާސްޓަރ އެންޑް މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް ރިޕޯޓުކޮށްފިއެވެ.
އެންޑީއެމްއޭ އިން ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އެކި ވަރުގެ ގެއްލުން ލިބިގެން 14 ރަަށަކުން އެ އޮތޯރިޓީއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ރަށްތަކަކީ:
1. ގދ.މަޑަވެލި
2. ގދ.ހޯނޑެއްދޫ
3. ގދ.ނަޑެއްލާ
4. ގދ. ރަތަފަންދޫ
5. ގދ.ފަރެސްމާތޮޑާ
6. ގއ.މާމެންދޫ
7. ލ.މާވައް
8. ހދ.ނޮޅިވަރަންފަރު
9. ކުޅުދުއްފުށި ސިޓީ
10. ސ.މަރަދޫ
11. ރ.ފައިނު
12. މ.ދިއްގަރު
13. މ.މަޑުއްވަރީ
14. ފުވައްމުލައް ސިޓީ
މިގޮތުން ކުޅުދުއްފުށީގެ 1 ގެެއަކަށް ގެއްލުން ލިބިގެން، އެގޭގެ ރައްޔިތުން އެއް ދުވަހަށް އެހެން ގެއަކަށް ބަދަލުކޮށްފައިވާ ކަމަށާއި އިތުރު އެއްވެސް ރަށެއްގެ ގެއަކުން މީހުން އެހެންތަނަކަށް ބަދަލުކުރަންޖެހޭ ހާލަތަކަށް ގޮސްފައިނުވާ ކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ.
މީގެ އިތުރުން ވިއްސާރާގައި ހދ. ނޭކުރެންދޫ ބޯޓަކަށް ގެއްލުން ލިބިގެން ރިޕޯޓްކޮށްފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
ވިއްސާރާގައި ގެއްލުން ލިބުނު ރައްތަކަށް ލިބިފައިވާ ގެއްލުންތަަށް ދެނެގަތުމުގެ މަސައްކަތް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ގުޅިގެން މިހާރު ކުރަމުންދާ ކަމުގައިވެސް އެ އޮތޯރިޓީން ބުންޏެވެ.



