ޒަކާތާ ގުޅޭ ފަހުގެ ނުވަތަ އަލަށް އުފެދިފައިވާ މައްސަލަތަކުގެ ތެރެއިން، ފާހަގަކޮށްލެވޭ ބައެއް މައްސަލަތަކާ ގުޅޭ ގޮތުން އިސްލާމިކް ސެންޓަރުގެ ކޮންފަރެންސް ހޯލުގައި ހާއްސަ ސެޝަނެއް މޯލްޑިވްސް ޒަކާތް ހައުސް އިން ބާއްވައިފިއެވެ.
މި މަހުގެ 14 ވަނަ ކުރިއަށް ގެންދިޔަ މި ސެޝަން ނަންގަވައިދެއްވީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާ (އައި.އައި.ޔޫ.އެމް) ގެ ސީނިއާ ލެކްޗަރާ ޕްރޮފެސަރު ޑރ. އަޒްމާން ބިން މޮހްދް ނޫރެ އެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދައުވާ ސެކްޝަނާއި އައި.އައި.ޔޫ.އެމް އަދި ޒަކާތުހައުސް އިން ގުޅިގެން ކުރިއަށްގެންދިޔަ މި ސެޝަނަކީ 29 އޭޕްރިލް 2025 ގައި ޒަކާތު ހައުސްއާއި އައި.އައި.ޔޫ.އެމް އާ ދެމެދު ސޮއިކުރެވުނު އެމް.އޯ.ޔޫގެ ދަށުން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ބޭއްވުނު ހަރަކާތެކެވެ.
އެގޮތުން ޕްރޮފެސަރ އަޒްމާން އާއި ބައިވެރިވެވަޑައިގެންނެވި ޢިލްމުވެރިން، ވަނީ ޒަކާތުގެ ނިޒާމު ހިންގުމާއި ޒަކާތު ފަންޑުން ހޭދަކުރެވޭނޭ ގޮތްތަކާމެދު ހިޔާލު ބަދަލުކުރެއްވާފައި ކަމަށާއި މި ސެޝަންގެ ސަބަބުން ދިވެހިރާއްޖޭގެ ޒަކާތު ހައުސް އާއި އައި.އައި.ޔޫ.އެމް އާ ދެމެދު އޮތް ގުޅުން ވަރުގަދަވެ، އިސްލާމީ މާލިއްޔަތާއި ހައިރާތުގެ ދާއިރާގައި ދެމެހެއްޓެނިވި ތައުލީމާއި މަޝްވަރާގެ މުހިންމުކަން ފާހަގަކުރެވުން ކަމުގައި ޒަކާތުހައުސް އިން ބުނެފައިވެއެވެ.
މި ހަރަކާތުގައި ރާއްޖޭގެ ޢިލްމުވެރިންނާއި ޒަކާތު ހައުސް އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.




