ލ. ހިތަދޫގައި އަލަށް އިމާރާތްކުރާ ބީއެމްއެލް ބްރާންޗުގެ ބިންގާ މިއަދު އަޅައިފިއެވެ.
ހިތަދޫގައި އިމާރާތްކުރާ ބީއެމްއެލް ބްރާންޗުގެ ބިންގާ އަޅާފައިވަނީ، ލ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކަށް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ހިތަދޫއަށް މިއަދު ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރ މޫސާ ޒަމީރެވެ. އަރިހުގައި ދައުލަތުގެ ބައެއް މިނިސްޓަރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަހްމަދު އަލީ ހަބީބްގެ އިތުރުން އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ޝަރީފު އާއި ބީއެމްއެލްގެ އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބީއެމްއެލްގެ ބްރާންޗަކާއި އޭޓީއެމްގެ ހިދުމަތް ގާއިމްކުރުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދުފުޅުގެ ތެރެއިން ވައުދުފުޅެކެވެ.



