ވޭސްޓު މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާ ހަވާލުކޮށްގެން ލ. އިސްދޫގައި އަޅާ ކުނި މެނޭޖުކުރާ މަރުކަޒުގެ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ލ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު އިސްދޫއަށް ވަޑައިގަތުމުން އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި އިސްދޫ ކުނި މެނޭޖުކުރާ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވާދެއްވާފައި ވަނީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުއެވެ.
އިސްދޫގައި ކުންޏާއި ވަސީލަތްތައް ޤާއިމްކުރާ މަރުކަޒުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ ވޭސްޓު މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާއެވެ.
އިސްދޫގައި ކުނި މެނޭޖްކުރާ މަރުކަޒުގެ މަސައްކަތް ނިމޭއިރު އެ ރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.


