ހ.އ ދިއްދޫގައި ފިޓްނަސް ސެންޓަރު އިމާރާތްކުރުމުގެ މަސައްކަތުގެ އަދާހަމަ ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހިއްސާކޮށްފިއެވެ.
އާރްޑީސީއިން ބުނީ، ދިއްދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ އިމާރާތް ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރެވެމުން ދަނީ ޓައި ބީމް ލީން އެޅުމުގެ މަސައްކަތް ކަމަށެވެ.
އަދި ފައުންޑޭޝަން ފުޓިންގގެ މަސައްކަތްތަށް ނިމިފައިވާކަމަށް އާރްޑީސީއިން ބުންޏެވެ.

ދިއްދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްޤީކުރުމަށް ސްޕޯޓްސް މިނިސްޓްރީ އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ)އާ ދެމެދު އެއްބަސްވުމުގައި ސޮއިކުރެވިގެން ދިޔައީ މިދިޔަ ސެޕްޓެމްބަރު މަހުގެ 22ވަނަ ދުވަހުއެވެ.
ދިއްދޫގައި މިހާރު ހުރީ ނަވާރަސަތޭކަ ނުވަދިހައިގެ އަހަރުތަކުގައި ގާއިމްކޮށްފައިވާ ޒުވާނުންގެ މަރުކަޒެކެވެ. އާ ފިޓްނެސް ސެންޓަރާ އެކު، ދިއްދޫގެ ޒުވާނުންނާއި އެކި އުމުރުފުރާތަކުގެ މީހުން ކަސްރަތު ކުރުމާއި އެކި ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ އެވެ.



