ޖުމްލަ 679 މިލިއަަން ރުފިޔާއަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައިވާ ޅ. ނައިފަރު ބިންހިއްކުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
ނައިފަރުގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް މިއަދު އެރަށުގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި ރަސްމިއްޔާތުގައި ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް ހައުސިންގް އެންޑް ކޮންސްޓްރަކްޝަން ޑރ.ޢަބްދުﷲ މުއްޠަލިބާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީއެވެ. އަދި ނައިފަރު ދާއިރާގެ މެމްބަރ މީގެ އިތުރުން ކައުންސިލްގެ ރައީސްވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
މި މަސައްކަތުގެދަށުން އެމްޓީސީސީއާ ހަވާލުކޮށްފަވަނީ 44.8 ހެކްޓަރުގެ ބިން ރަށަށް އިތުރުކުރުމަށެވެ. އަދި ހިއްކި ބިން ޙިމާޔަތްކުރުމަށް 1813 މީޓަރުގެ ބޮޑު ހިލައިގެން ރިވެޓްމަންޓް ޖެހުމާއި، 803 މީޓަރުގެ ބޮޑު ހިލައިގެން ބޭރު ތޮށި އަދި 474 މީޓަރު ބޮޑު ހިލައިގެ ގްރޮއިން ޖަހާނެއެވެ.
މި މަސައްކަތް ހަވާލުކޮށްފަވަނީ 1 އަހަރާ 9 މަސް ދުވަހުން މަސައްކަތް ނިންމާގޮތަށެވެ.



