ވައިގަދަވެ، ކަނޑު ގަދަވާނެކަމުގެ އިންޒާރާއެކު ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް، މިއަދު މެންދުރުފަހު 2:00 އިން ރޭގަނޑު 7:00 އާ ހަމައަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ މި ސަރަހައްދުތަކުގައި ހިމެނޭ ރަށްތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑު ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކަށް މި ހުސްވި ހަފްތާގައި ވެސް ވަނީ މޫސުން ގޯސްވެފައެވެ.


