އުރީދޫ މޯލްޑިވްސްއިން އެ ކުންފުނީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިހާރު ކުރިއަށް ގެންދާ ”ލައިވް އަންލިމިޓެޑް“ ކެމްޕެއިންގެ 10 ވަނަ ނަސީބުވެރި ފަރާތަކަށް، ގދ. ވާދޫ، ހުދުފަރު، އިބްރާހިމް ވަޖްދީ ހޮވިއްޖެއެވެ.
މި ލަކީ ޑްރޯގެ ދަށުން ވަޖްދީއަށް ލިބިފައި ވަނީ އުމްރާ ދަތުރެކެވެ. އިބްރާހިމް ވަޖްދީއަށް ލިބުނު މި ބޮޑު އިނާމާއި ހަވާލުވެފައި ވަނީ އޭނާގެ ފަރާތުން މުހައްމަދު އިބްރާހިމްއެވެ.
މި ކެމްޕެއިނަކީ، މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ގޮތުން ފާއިތުވި 20 އަހަރުގެ ކުރު މުއްދަތުގައި އުރީދޫއިން ހާސިލްކޮށްފައިވާ ކާމިޔާބީގެ ފަހަތުގައި ތިބި ކަސްޓަމަރުންނާއި، ހިދުމަތް ދިނުމުގައި ކެނޑިނޭޅި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަނެކެވެ.
އުރީދޫއިން ވަނީ ދިވެހިރާއްޖޭގެ މުޖުތަމައަށް ގިނަގުނަ ފަސޭހަތަކާއި އައު އީޖާދުތައް ތައާރަފްކޮށް، ރާއްޖޭގެ މުވާސަލާތީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްފައެވެ.
އުރީދޫގެ ”ލިވް އަންލިމިޓެޑް“ ކެމްޕެއިންގެ ދަށުން ޖުމްލަ 19 ފަރާތަކަށް އުމްރާ ދަތުރު ލިބިގެންދާނެއެވެ. މިގޮތުން، ކޮންމެ 20 ދުވަހަކުން ނަސީބުވެރި އެއް ކަސްޓަމަރަކަށް އުމްރާ ދަތުރެއް ލިބިގެންދާއިރު، އިބްރާހިމް ވަޖްދީއަކީ މިހާތަނަށް ހޮވުނު 10 ވަނަ ނަސީބުވެރިޔާއެވެ. މީގެ އިތުރުން، ކެމްޕެއިންގެ 20 ވަނަ އިނާމު ނުވަތަ ގްރޭންޑް ޕްރައިޒްއަކީ ދެ މީހަކަށް ހައްޖު ދަތުރެކެވެ.
މި ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ވެސް ވަނީ ހުޅުވާލާފައެވެ. ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަރނެޓް ކަސްޓަމަރުންނަށް މި ލަކީޑްރޯއަށް ޝަރުތު ހަމަވާނެއެވެ. އުރީދޫގެ މިހާރުގެ ކަސްޓަމަރުން ފާއިތުވެފައިވާ 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުމުން ލަކީ ޑްރޯއަށް ޝަރުތު ހަމަވާނެއެވެ.
އަލަށް ގުޅޭ ކަސްޓަމަރުންވެސް އުރީދޫ ހިދުމަތްތައް ބޭނުންކުރުމަށްޓަކައި 400 ރުފިޔާ އިން މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުމުން ޝަރުތު ހަމަވާނެއެވެ.



