އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ)ގެ މަރުގެ މައްސަލާގައި ދައުވާ ކޮށްފައިވާ ހަލީމަތު ލަމްހާ އަބްދުއްރަހްމާނު، ބަންދު ކުރަން ދެކޮޅު ހެދި ގާޒީ ހުސެއިން ފާއިޒް ރަޝާދު ސަސްޕެންޑް ކުރުމުން އެހެން ގާޒީއަކާއެކު ލަމްހާގެ ބަންދާމެދު އަލުން ގޮތެއް ނިންމަން ތާވަލުކޮށްފިއެވެ.
ފާއިޒް ސަސްޕެންޑު ކޮށްފައިވަނީ ދެ މަސް ދުވަހަށެވެ. އަދި ބަންދުން ދޫކޮށްލާފައި ހުރި ލަމްހާގެ ބަންދާމެދު އަލުން ގޮތެއް ނިންމުން އޮތީ މާދަމާއަށް ތާވަލުކޮށްފައެވެ.
މޭރީގެ މަރާ ގުޅިގެން ޝަރީއަތް ނިމެންދެން ލަމްހާ ބަންދުކޮށްފައި ވަނިކޮށް، މީގެ ކުރިން ވެސް ދެ ފަހަރަކު އޭނާ ދޫކޮށްލުމުން، މަތީ މަރުހަލާގެ ކޯޓަށް ގޮސްގެން ދައުލަތުން އޭނާ އަލުން ބަންދު ކުރިއެވެ.
ކުރިން ވެސް ދެ ފަހަރެއްގެ މަތިން ދޫކޮށްލުމުން، މަތީ މަރުހަލާގެ ކޯޓަށް ގޮސްގެން ދައުލަތުން އޭނާ އަލުން ބަންދު ކުރިއެވެ.
ލަމްހާ، ފުރަތަމަ ބަންދުން ދޫކޮށްލާފައިވަނީ ނޮވެމްބަރު 2023 އެވެ. އެ ފަހަރު ވެސް ދައުލަތުން މައްސަލަ އިސްތިއުނާފު ކުރިއެވެ. އަދި އޭގެ ފަހުން ވެސް ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓަށް ދިޔައެވެ.



