މާލެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރުމަށް އެ ސަރަހައްދުގެ ބައެއް މަގުތައް ބަންދުކުރާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.
ފުލުހުން ބުނީ ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށްދާތީ އެ ސަރަހައްދުގެ ޓްރެފިކަށް ބަދަލުތަކެއް އަންނާނެކަމަށާއި މިހާރު ވެސް ބައެއް މަގުތައް ބަންދު ކުރެވިފައިވާނެ ކަމަށެވެ.
މިގޮތުން ބޮޑުތަކުރުފާނު މަގު ޝަހީދު މުޙައްމަދު ހުސައިން ހިނގުމުން ހުސޭނީ ގޯޅިއާ ހަމައަށް، މުޙައްމަދު އިސްމާޢީލް ގޯޅީގެ ބަޔަކާއި، ކަނޑިދޮންމަނިކު ގޯޅީގެ ބައެއް އަދި ޗާންދަނީ މަގުން އިބްރާހީމް ހަސަންދީދީ މަގާ ހަމައަށް ބަންދު ކުރާނެކަމަށް ފުލުހުން ބެފައިވެއެވެ.
އެގޮތުން ތިރީގައިވާ ޗާޓުން ފާހަގަކޮށްފައިވާ ސަރަހައްދު މިރޭ 20:00 އިން ފެށިގެން ބަންދު ކުރެވޭނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މަސައްކަތް ތަރައްޤީކޮށް ނިމޭއިރު ދުއްވާ މީހުންނަށް 4 ލޭނާއި ހިނގާ މީހުންނަށް ޚާއްސަ ސަރަހައްދެއް އޮންނާނެކަމަށް ސަރުކާރުން ބުނެފައިވެއެވެ.



