މެލޭޝިއާގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރަން ނިންމާފައިވާ ކަމަށް އެ ގައުމުގެ ކޮމިއުނިކޭޝަން މިނިސްޓަރު ފަހުމީ ފަޒީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ފަހުމީ ފަޒީލް މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، މިއީ ކުދިންގެ ރައްކާތެރިކަމަށްޓަކައި އަޅަން ނިންމި މުހިންމު ފިޔަަވަޅެއް ކަމަށާއި، ޑިޖިޓަލް މާހައުލުގައި ކުދިންނަށް ދިމާވެދާނެ ނުރައްކާތަކުން އެކުދިން ސަލާމަތްކުރުމަކީ ސަރުކާރުގެ އިސްކަމެއް ދޭ ކަމެއް ކަމަށެވެ.
މިނިސްޓަރު ބުނި ގޮތުގައި މި އުސޫލަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުން ފެށިގެންނެވެ.
މިނިސްޓަރު ވިދާޅުވީ، އޮސްޓްރޭލިއާގައި ވެސް އެ އުމުރުގެ ކުދިންނަށް ސޯޝަލް މީޑިއާ އަންނަ މަހުން ފެށިގެން މަނާކުރަން ނިންމާފައިވާތީ، އެ ގައުމުން މިކަން އަމަލު ކުރުމުގައި ގެންގުޅޭ އުސޫލުތައް ބަލަމުން އަންނަ ކަމަށެވެ.
އޮސްޓްރޭލިއާގައި އަންނަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން 16 އަހަރުން ދަށުގެ ކުދިންނަށް މަނާވާނެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރޭގައި ފޭސްބުކާއި، އިންސްޓަގްރާމާއި، ޓިކްޓޮކާއި، ސްނެޕްޗެޓާއި، ޔޫޓިއުބްގެ އިތުރުން ތުރެޑް އަދި ރެޑިޑް ވެސް ހިމެނެއެވެ.



