ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި މާމިގިލީ ރައްޔިތުން، އެ ދާއިރާއަށް ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ހޮވައި ދިނުމާއި ގުޅިގެން އެކަމުގެ އުފާ ފާޅުކުރުން ބާއްވައިފި އެވެ.
މާމިގިލީ ދާއިރާއިން 4 ވަނަ ދައުރަކަށް ގާސިމް އިބްރާހީމް ހޮވައިދީފައިވާތީ އެކަމުގެ އުފަލުގައި މާމިގިލީ ކެންޕޭން ޓީމުން އިއްޔެވަނީ އުފާފާޅުކުރުމުގެ ހަފްލާއެއް ބާއްވާފަ އެވެ. މިހަފުލާގައި މާމިގިލީ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި އެވެ.
20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ގާސިމްއާއި އަނބިކަނބަލުން އާއިޝަތު ނަހުލާ ހިމެނޭހެން 10 ކެންޑިޑޭޓުން ވާދަކުރެއްވި އެވެ. އެހެންނަމަވެސް ކާމިޔާބު ކުރެއްވުނީ ގާސިމަށް އެކަންޏެވެ، ގާސިމް ވަނީ 4 ވަނަ ދައުރަކަށް ގޮނޑި ދިފާއު ކުރައްވާފަ އެވެ. މިއީ އިންތިޚާބެއްގައި ޖުމްހޫރީ ޕާޓީއަށް މިހާ ބޮޑު ބައްޔަކާ ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރެވެ.



