18 އަހަރުން ދަށުގެ ގައުމީ ބާސްކެޓް ބޯޅަ ސްކޮޑްތަކުގައި ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަނުން ހުޅުވާލަިފި އެވެ.
އެ އެސޯސިއޭޝަނުން ބުނީ މިއަދުން ފެށިގެން 18 އަހަރުންދަށުގެ އަންހެން އަދި ފިރިހެން ގައުމީ ބާސްކެޓްބޯޅަ ސްކޮޑުގައި ބައިވެރިވާން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.
ބާސްކެޓްބޯލް އެސޯސިއޭޝަނުން ބުނީ މި ދެ ސްކޮޑްގައި ބައިވެރިވާން ބޭނުންވާ ކުދިން މި ހިނގާ މާޗުމަހުގެ 23 ވާ ހޮނިހިރު ދުވަހުގެ 12:00 ގެ ކުރިން ސްކޮޑްތަކުގައި ބައިވެރިވުމުގެ ފުރުސަތައް އެދި ހުށަހަޅަންވާނެކަމަށެވެ. ހުށަހަޅަންވާނީ އެކަމަށް އެ އެސޯސިއޭޝަނުން ތައްޔާރުކޮށްފައިވާ ލިންކް https://forms.gle/yHExvQ7tJRDFEMcG6 މެދުވެރިކޮށް ކަމަށެވެ.
18 އަހަރުންދަށްކަމަށް ބާސްކެޓްބޯލް އެސޯސިއޭޝަނުން މާނަކޮށްފައިވަނީ 2024 ވަނަ އަހަރުގެ އެއްވެސް ތާރީޚެއްގައި 19 އަހަރު ނުފުރޭ ކުދިންނަށެވެ.



