އިއްޔެ، ރަޝިޔާގެ މޮސްކޯގައި ކުރިއަށް ގެންދިޔަ ކޮންސަޓަކަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމާލާއެއްގައި ފަސްދޮޅަސް މީހުން މަރުވެއްޖެއެވެ.
އިންވެސްޓިގޭޓިވް ކޮމިޓީއޮފް ރަޝިއާ(ޢައިސީއާރް) ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، ވެރިރަށް މޮސްކޯގެ ދަ ކްރޮކަސް ސިޓީ ހޯލަަށް ދިން މިހަމަލާގައި 60 މީހުން މަރުވެ 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ. އައިސީއާރް އިން ބުނީ މިއަދަދު އަދި އިތުރުވުމަކީ ގާތްކަމެއް ކަމަށެވެ. ގިނަ އަަދަދެއްގެ މީހުން މަރުވެފައިމިވަނީ ކޮންސެޓް ހޯލަށް ހަތިޔާރު އެޅި ބަޔަކު ވަދެ، ދިން ބަޑީގެ ހަމަލާތަކެއްގަ އެވެ. ޒަހަމްކޮށްލިއެވެ.
އައިސީއާރް އިން ބުނެފައިވަނީ އެއިދާރާގެ އިނސްވެސްޓިގޭޓަރުންނާއި، ކްރިމިނޮލޮޖިސްޓުނާއި، އެހެނިހެން ފަންނުވެރިން، ގުޅިގެން މިހާރު އެ ހަމަލާ ހިނގި ސަރަަހައްދުގައި ހަރަކާތްތެރިވަމުން އަންނަކަމަށެވެ، މިމަސައްކަތް ކުރިޔަށްގެންދަނީ މިނިސްޓްރީ އޮފް އިންޓާނަލް އެފެއާޒް އާއ ފެޑެރަލް ސެކިއުރިޓީ ސަރވިސް ގުޅިގެން ކަމަށް ބުނެފައި ވެއެވެ. މިަހަމަލާއާއި ގުޅިގެން މޮސްކޯގެ މުހިންމުތަންތަނުގައި ސިފައިންވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.
މިހަމަލާގެ ޒިންމާ ހަނގުރާމަވެރި ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ ނަގާފަ އެވެ.



