ގައުމީ އެއާލައިން، މޯލްޑިވިއަންގެ ކަސްޓަމަރުންގެ ޑިމާންޑް ބޮޑުވެ، އެއާލައިނުން އިތުރު ދަތުރުތަކެއް ތާވަލުކޮށްފި އެވެ.
މޯލްޑިވިއަނުން ބުނީ، ތާވަލު ދަތުރުތައް އިތުރު ކުރީ އެ އެއާލައިން އިން ދަތުރު ކުރަމުން އަންނަ ތިން މަންޒިލަކަށް ކަމަށެވެ. އެއީ އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށާއި، ގަދަ ކާޑެއްދޫ އެއާޕޯޓަށާއި، ހދ ހަނިމާދޫ އެއާޕޯޓަށް ކުރާ ދަތުރުތަކެއް ކަމަށެވެ.
އެގޮތުން ކާޑެއްދޫއަށް މިމަހުގެ ތިރީސް ވަނަ ދުވަހު އިތުުރު ދެދަތުރު ތާވަލުކޮށްފައި ވެއެވެ. އަދި ހަމަ އެދުވަހު ހަނިމާދޫޫ އާއި ގަމަށް އެއް ދަތުރު ތާވަލުކޮށްފައި ވެއެވެ.
ދަތުުރުވެރިންގެ ބޭނުންތަކަށް އެންމެ އެކަށީގެންވާގޮތަށް ޚިދުމަތް ދިނުމުގެ ގޮތުން އަބަދުވެސް މޯލްޑިވިއަނުން ދަނީ ކަސްޓަމަރުންގެ ޑިމާންޑަށް ބަލާ ދަތުުރުތައް ރާވަމުންނެވެ.



