ހުޅުމާލޭގެ މަގުމަތި ތަރުތީބުކުރުމަށް ފުލުހުން އިއްޔެ ފެށި ޚާއްސަ އޮޕަރޭޝަނެއްގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޖުމްލަ 252 އުޅަނދު ޓޯކޮށްފިއެވެ.
ފުލުހުން ބުނީ ހުޅުމާލެއަކީ ހުޅުމާލޭގެ ދިރިއުޅޭ ރައްޔިތުންނާއި ހުޅުމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަމާން ރައްކާތެރި ތަނަކަށް ހެދުމަށާއި މަގުމަތި ތަރުތީބުކުރުމަށް އިއްޔެ ފެށި ޓޯ އޮޕަރޭޝަނުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޖުމްލަ 252 އުޅަނދެއް ޓޯކޮށްފައިވާ ކަމަށެވެ.
މި ހުރިހާ އުޅަނދުތަކަކީ ވެސް ބައުވެ، ގިނަ ދުވަސްތަކެއް ވަންދެން މަގުތަކުގައި ބޭނުންނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި، އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އަދި އެއްވެސް ގޮތަކަށް ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތައް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި މި 252 އުޅަނދު މިހާރު ވަނީ ހުޅުމާލެއިން ނަގައި، ތިލަފުއްޓަށް ގެންގޮސްފައެވެ.



