ގަވައިދާ ހިލާފަށް ކަނޑުމަގުން އައްޑޫ ސިޓީއަށް އެތެރެކުރަން އުޅުނު 1.8 މިލިއަން ސިނގިރޭޓް ސްޓިކްސް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ނައްތާލައިފިއެވެ.
ކަސްޓަމްސްއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ގާނޫނާއި ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓި 1,830,000 ސިނގިރޭޓް ސްޓިކްސް ނައްތާލާފައިވާ ކަމަށެވެ.
ކަސްޓަމްސް އިން ބުނީ، މިތަކެއްޗަކީ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމަންޓެ ހިތަދޫ ކަސްޓަމްސްއިން ބަލައިފާސްކުރުމުގެ ތެރޭގައި އައްޑޫ ސިޓީ ހިތަދޫ ޕޯޓުން އަތުލައިގަނެފައިވާ ސިނގިރޭޓް ޝިޕްމަންޓެއް ކަމަށެވެ.
މި ސިނގިރޭޓްތައް ނައްތާލާފައިވަނީ މިއަަދު އެ ސިޓީ ހިތަދޫ ޕޯޓް ލިމިޓަޑް ސަރަޙައްދުގައި ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.
ކަސްޓަމްސުން އިން ބުނިގޮތުގައި މި މައްސަލަ އަދިވެސް ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.




1 Comment
ހަހަ ވިކަބަލަ! ލާރިމާގިނަވީތަ؟