ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ، 936،000ރގެ މި މަސްތުވާތަކެތި އަތުލައިގެނެފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ.
އަތުލައިގަނެފައި ވަނީ ކެނެބިސް ފަތް ކަމަށާއި، މި ތަކެތީގެ ބަރުދަނުގައި 1.170 ގްރާމް ހުރި ކަމަށްވެސް ކަސްޓަމްސް އިން ބުނެފައިވެއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ސުޕްރީމް ކޯޓުގެ އިއްތިފާގާ އެކު މަރުގެ އަދަބުދޭން ފާސްކޮށް، ގާނޫނަކަށް ހަދަން މަޖިލީހުން ފާސްކުރީ މިދިޔަ ބުދަ ދުވަހެވެ.
އިއްޔެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ގާނޫނު ތަސްދީގުކުރައްވައިފައެވެ.




1 Comment
ޜަލަކިި ވެސް މަސްތުވަަ އެއްޗެއް. ޜިސޯޓް އޯނަރުންނަށް މަރުގެ ހުކުމް ތަންފީޒު ވާނެތާ ދޯ