ފުވައްމުލައް ސިޓީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.
ރޭ 10:48 ހާއިރު ފުވައްމުލައް ސިޓީގައި ދެސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެފައިވާ ކަމަށާއި އޭގެ ތެރެއިން އެކަކަށް ފުވައްމުލައް ސިޓީ ހޮސްޕިޓަލްގެ އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ބުނެފައި ވެއެވެ. އެހެންނަމަވެސް މި ކޭސްގެ އިތުރު ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުންދަނީ މިމައްސަލަ އިތުރަށް ބަލަމުންނެވެ.



