ދިވެހި ފުލުހުންގެ ހިދުމަތާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ.
އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނާއިފްއެވެ.
ފުލުހުން ބުނީ މި އެއްބަސްވުމަކީ ސަރުކާރުގެ މުއައްސަސާތަކަށް އަމާޒުކޮށްގެން އެ ކުންފުނިން ތައާރަފްކޮށްފައިވާ “ހޮބާ” ޚިދުމަތް ހޯދުމާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމެއް ކަމަށެވެ.



