މަސައްކަތުގެ ފެންވަރު އިތުރަށް ފުރިހަމަ ކުރުމަށް ވެމްކޯއިން އެ ކުންފުނީގެ ބައެއް މުވައްޒަފުންނަށް ”ދަސްރެސް“ ގެ ނަމުގައި މަހާސިންތާއެއް މިއަދު ފަށައިފިއެވެ.
މި މަހާސިންތާއަކީ ވެމްކޯގެ ސީނިއަރ ލެވެލްއަށްވުރެ މަތީ މަގާމުތަކުގެ މުވައްޒަފުންނަށް ކުރިއަށްގެންދާ މަހާސިންތާއެކެވެ.
ވެމްކޯއިން ބުނީ، އެ ކުންފުނީގެ ޤަވާއިދުތަކަށް މުވައްޒަފުން އަހުލުވެރިކުރުމާއި ކުންފުނީގެ އެކި ޑިޕާޓްމެންޓްތަކުގެ މަސައްކަތްތަކަށް މުވައްޒަފުން ހޭލުންތެރި ކުރުމުގެ ގޮތުން ކުރިއަށްގެންދާ މި މަހާސިންތާގައި ބައިވެރިވާނީ ވެމްކޯގެ މާލެ ސަރަހައްދު (މާލެ، ވިލިމާލެ، ހުޅުމާލެ) ސަރަހައްދުގައި މަސައްކަތް ކުރާ ސީނިއަރ ލެވެލްގެ އޮފިސަރުން ކަމަށެވެ.
އެއް ދުވަހުގެ މުއްދަތަށް މި މަހާސިންތާ ކުރިއަށްދިޔަ ނަމަވެސް، މުވައްޒަފުންނަށްޓަަކައާއި ކުންފުނިން ދެމުންގެންދާ ހިދުމަތްތައް ވެސް އިތުރަށް ފެންވަރު ރަނގަޅު ކުރުމަށް މިފަދަ އިތުރު ގިނަ ހަރަކާތްތަކެއް ކުރިއަށްއޮތްތަނުގައި ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެމްކޯއިން ބުނެފައިވެއެވެ.




