އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިނގިރޭސިވިލާތުގެ އެންމެ ނުފޫޒު ގަދަ މީޑިއާ އެޖެންސީ، ބީބީސީއަށް ދައުވާކޮށްފިއެވެ.
ޓްރަމްޕް ބީބީސީއަށް ދައުވާ ކުރީ، މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކުޑަތަންވެފައި ވަނިކޮށް ޓްރަމްޕް ކުރިން ދެއްވި ތަގުރީރެއްގެ އަސްލު އޮޅޭ ގޮތަށް އެޑިޓްކޮށް ގެނެސްދީ އޭނާގެ އަބުރަށް އަރައިގެންފައިވާ ކަމަށް ބުނެއެވެ.
ޓްރަމްޕް ވަނީ މި ގެއްލުމުގެ ބަދަލަށް 10 ބިލިއަން ޑޮލަރު ނަގައި ދިނުމަށް އެދިފައެވެ.
މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް، ބީބީސީން ދެއްކި ޑޮކިއުމަންޓަރީގައި ހިމަނާފައި ވަނީ 2020 ގައި ބޭއްވި ރިޔާސީ އިންތިހާބުގައ ދެވަނަ ދައުވަރަކަށް ވާދަ ކުރައްވައި ބަލިވެވަޑައިގަތުމުން ކެޕިޓޮލް ހިލްގައި ހަމަޖެހުންތަކެއް ހިންގަން ހިތްވަރު ދެއްވައި ޓްރަމްޕް ޖެނުއަރީ 6، 2021 ގައި ދެއްވި ތަގުރީރެކެވެ. ޓްރަމްޕް ތުހުމަތުކުރައްވާ ގޮތުގައި ބީބީސީން އެ ގެނެސްދިނީ އޭނާ ދެއްކެވި ވާހަކައިގެ އަސްލު އޮޅޭ ގޮތަށް އެޑިޓްކޮށް، އޭނާގެ ސިޔާސީ މަގާމަށް ބުރޫ އަރާނެ ގޮތަށެވެ.
މި މައްސަލަ ހޫނުވުމާ ގުޅިގެން، ބީބީސީގެ ޗީފް އެގްޒެކެޓިވް ޓިވް ޑޭވީ އިސްތިއުފާ ވެސް ދެއްވިއެވެ. އަދި ބީބީސީން ވަނީ މިކަމާ ގުޅިގެން މައާފަށް ވެސް އެދިފައެވެ. އެހެން ނަމަވެސް، ބީބީސީން ފާހަގަކުރާ ގޮތުގައި އެ ޑޮކިއުމަންޓްރީގެ ސަބަބުން ޓްރަމްޕަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ބީބީސީން އިތުރަށް ބުނީ، އެ މައްސަލައިގައި ޓްރަމްޕަށް ބަދަލެއް ދޭން ޖެހޭ ކަމަށް އެ އިދާރާއިން ގަބޫލު ނުކުރާ ކަމަށެވެ.



