ކަނޑަށް ވެއްޓި މަރުވެފައިވާ ބިދޭސީއަކު ފިރިހެނަކު ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުނީ ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިފައިވާކަމުގެ މައުލޫމާތު މިއަދު 13:21 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އެ މީހާގެ ހަށިގަނޑު ކަނޑުން ނަގައި އައިޖީއެމްއެޗަށް މިހާރު ގެންގޮސްފައިވާ ކަމަށާއި މަރުވެފައި އޮއްވައި ފެނިފައިވަނީ ބިދޭސީ ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް އެއީ ކޮން ޤައުމެއްގެ މީހެއްކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މަރުވެފައިވާ އޮއްވާ ފެނިފައިވާ މީހާއަކީ ކާކުކަން މިހާރުވަނީ ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނިނަމަވެސް އެއީ ކާކުކަން އަދި ހާމަކޮށްފައެއް ނުވެއެވެ.
މިމައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށާއި މި މައްސަލައާ ގުޅިގެން މައުލޫމާތު ލިބޭ ވަރަކުން މައުލޫމާތު ހިއްސާކުރަމުން ގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.



