މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ހިންގަމުންދާ އޮޕަރޭޝަންތަކުގެ ދަށުން، ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި 15 އުޅަނދު ޗެކްކޮށް 13 އުޅަނދު ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި، ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި، ހޮޓްސްޕޮޓްސްގެ ގޮތުގައި ފާހަގަކުރެވޭ ސަރަހައްދުތައް 577 ފަހަރު ބަލައިފާސްކޮށް، 128 އިންޓަރެކްޝަން ހަދާފައިވާ ކަމަށެވެ.
މަގުމަތީގެ ސަލާމަތަށްޓަކައި ފުލުހުން ވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ފައިމަގުން ޕެޓްރޯލްކޮށް ބަލަހައްޓާފައެވެ. މިގޮތުން ޖުމްލަ ނުވަ ގަޑިއިރަށްވުރެ ގިނަ ވަގުތު ފުލުހުން ވަނީ ފައިމަގުން ޕެޓްރޯލް ކޮށްފައެވެ.
ފުލުހުން ވަނީ ހުޅުމާލެ އާއި މާލޭގެ މަގުތަކުގައި ޕާކިންގެ މައްސަލަ ހައްލު ކުރުމަށް އުޅަނދުތައް ޕާކްކުރުމަށް ކަނޑައެޅިފައިވާ ޕާކިން ޒޯންތަކުގައި ޕާކް ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އާންމުންގެ ކިބައިން އެދިވަޑައިގެންފައެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މާލެއާއި އަތޮޅުތަކުގައި ޓްރެފިކް އޮޕަރޭޝަންތައް ސިލްސިލާކޮށް ފުލުހުން ދަނީ ހިންގަމުންނެވެ.
ގްރޭޓާ މާލޭ ސަރަހައްދުގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުތައް ތަރުތީބު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އާންމު ރައްޔިތުން ދެއްވަމުން ގެންދަވާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކުރައްވައިފައެވެ.




