އއ ހިމެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެފައިވާކަމަށް، މަޝްރޫއުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ) އިން ބުނެފި އެވެ.
މިކަމާއި ގުޅޭގޮތުން އެމްޓީސީސީން ބުނެފައިވަނީ، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އިއްޔެ ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާކަމަށެވެ.
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް:
- 43,200 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށަށް ވެލިއެޅުން
- 110 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން
- 235 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުން
- 240 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން
- 20 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ގްރޮއިން ޖެހުން
365 ދުވަސް ތެރޭގައި ނިންމާގޮތަށް ޝަރުޠުކޮށް، މި މަޝްރޫއު ހިންގުމަށް އެމްޓީސީސީއާ ހަވާލު ކޮށްފައިވަނ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. މި މަޝްރޫޢަކީ 24.54 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.



